އެމްޑީޕީން މާލޭ މޭޔަރުކަން ކުރާތާ 15 އަހަރު ވެއްޖެ ކަމަށާއި، މިނޫން ވެރިކަމެއް މާލެއަށް ބޭނުންވާ ކަމަށް މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އެނާ މިއަދު ކުރެއްވި ޓްްވީޓެއްގައިއެވެ.
އަލްހާން ވިދާޅުވީ، އެމްޑީޕީން މާލޭ މޭޔަރުކަން ކުރާތާ 15 އަހަރު ވެއްޖެ ކަމަށާއި މާލޭ ސިޓީ ކައުންސިލް އޮތީ ކޮރަޕްޝަންގެ ހާއްޔަކަށްވެފައި ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލް އޮތީ ކޮރަޕްޝަންގެ ހާއްޔަކަށްވެފަ! ޕަބްލިކް ފާޚާނާ ހަދާށޭ ކިޔައިގެންވެސް ހުސް ވައްކަމާ ކޮރަޕްޝަން! އެންޓަނާއެއް ޖެހިޔަސް ކޮރަޕްޝަން! ހުއްދައެއް ދޫކުރިޔަސް ކޮރަޕްޝަން! މިނޫން ވެރިކަމެއް މާލެއަށް ބޭނުންވޭ!" އަލްހާން ވިދާޅުވިއެވެ.
އަލްހާންގެ ޓްވީޓްގައި މާލޭ ސިޓީ ކައުންސިލުން ހިންގާފައިވަނީ ކޮރަޕްޝަންގެ ކޮން ޢަމަލުތަކެއްކަމެއް ވިދާޅުވެފައެއް ނުވެއެވެ.



