ހޯރަފުށި އަތިރިމަތި - ފޮޓޯ: ފްލިކާ

ހޯރަފުށީ ގެއަކުން އެކިފަހަރު މަތިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ހއ. ހޯރަފުށީ ގެއަކުން މި ރޯދަ މަސް ތެރޭގައި އެކި ފަހަރު މަތިން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ބައެއް ފައިސާ ހޯދައިފި އެވެ.

މިވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލަ ހުށައެޅުމާއެކު ރޭ އެރަށުން 35 އަހަރުގެ ދެމީހުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި އިތުރު ދެމީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 33 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ ތެރެއިން އެކަކަށް 15 ދުވަހުގެ ބަންދު ކޯޓުން ދީފައި ވާއިރު އަނެއް ތިން މީހުންނަށް ވަނީ ހަތް ދުވަސް ދީފަ އެވެ.

މިމައްސަލައާއި ގުޅިގެން ވަގަށް ނަގާފައިވާ ފައިސާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފަ އެވެ.

މިރޯދަ މަހު ބޮޑެތި ގިނަ ވައްކަންތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ކ. ދިއްފުށީ ފިހާރައެއް ފަޅާލައި 80،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އަދި ވަގުން ހޯދުމަށް ރަށުގެ ރައްޔިތުން ނިކުތުމުން ހިނގި ހަމަނުޖެހުމެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް