ހުޅުމާލެގައި ކުޑަ ފިރިހެން ކުއްޖަކާ ބެހެނު މައްސަލާގައި މީހަކު ޙައްޔަރު ނުކުރަން: ފުލުހުން

ހުޅުމާލެގައި ކުޑަ ފިރިހެން ކުއްޖަކާ ބެހެނު މައްސަލާގައި މީހަކު ޙައްޔަރު ނުކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެމީހަކު ގަދަކަމުން ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ހަވީރު 04:00 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި، އަދި މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ޙައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލާގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ކަމަށް ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެދެމީހުން ދިރިއުޅޭގެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިއަދު އިރުއޮއްސޭކަންހާއިރުވަނީ ގެންގޮސްފައެވެ. އަދި އެމީހުން ގެންދިޔައީ ކޮން މައްސަލައެއްގައިކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މިއަދު ހަވީރުންސުރެ ޔުނާންއާއި ރިހުލާ ޙައްޔަރުކުރުމަށް ގޮވާލާ ގިނަ ބަޔަކުދަނީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެ ކުރިމައްޗަށް އެއްވެ އަޑުއުފުލާފައިވެއެވެ.

ފުލުހުން ފަހުން ވިދާޅުވެފައިވަނީ އެސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވަނީ އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެމީހުންކަމަށެވެ.

ޔުނާން އޭނަގެ ދައްތަ އާއި ބޭބެގެ 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އެކުދިން ބުނެފައިވާތީ އެއާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށް ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައިވީނަމަވެސް، މިތުހުމަތާއި ގުޅޭގޮތުން ޔުނާން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ