ޔުނާން އާއި ރިހުލާ

ޔުނާން އާއި ރިހްލާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ޔުނާން އާއި ރިހުލާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވީ ޔުނާން އާއި ރިހުލާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޔުނާން އާއި ރިހުލާ ހައްޔަރު ކޮށްފައިވާއިރު މި ދެމީހުން ހައްޔުރުކުރުމަށް ގޮވާލާ އިއްޔެ ވަނީ މި ދެމީހުން އުޅޭ ގެ ކައިރިއަށް އާންމުން އެއްވެ އަޑު އުފުލާފައެވެ.

ޔުނާން އާއި ރިހްލާ ދިރިއުޅޭ ގެ ކައިރިއަށް އާންމުން އެއްވިއިރު އެސަރަޙައްދުގައި ފުލުހުންވެސް ހަރަކާތްތެރިވިއެވެ. އެސަރަޙައްދަށް އެއްވެފައިވާ އާންމުން، ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި އާންމުން އެއްވުމާއި ގުޅިގެން ޔުނާން އާއި ރިހްލާ ރައްކާތެރިކަމަށް އެދުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސަފައި ވެއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ