ފޮޓޯ: ޕޮލިސް މީޑީއާ

ކުށްމަދުކުރުމަށް ބިލެއްފަހީގައި ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. ބިލެއްފަހީގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، މި ހިނގާ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު ކަނޑިތީމު ޕޮލިސް ސްޓޭޝަނުން ބިލެއްފަހީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަަމަށެވެ.

އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރުބަލައި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ބުނެދީ އަދި ވައްކަންކުރާ ފަރާތްތަަކަށް ފުރުސަތު ނުދިނުމަށް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލާފައިވާކަމަށެވެ.

އެގޮތުން އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  ބަލާ އަދި ގަވާއިދާ ހިލާފަށް އުޅަނދު ދުއްވި ފަރާތްތަކަށް އެކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ