މީހަކު ހޯދުމަށް ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް..

ފުލުހުން ބަލަމުންދާ މައްސަލައަކަށް މީހަކު ހޯދުމަށް ވީޑިއޯ އާންމުކޮށްފި

ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތަށް، ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅިވީ، މިވަގުތު ހުޅުމާލޭގެ ފުލުހުން ބަލަމުންދާ މައްސަލައެއްގައި، މި ވީޑިއޯއިން ފެންނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މި މީހާގެ މައުލޫމާތު އިނގޭ ފަރާތްތަކުން، ފުލުހުންގެ ނަންބަރު 3322111 ނުވަތަ ހުޅުމާލެ ޕޮލިސް ނަންބަރު، 9980062 އަށް ގުޅުއްވާ އެކަން އެނގުމަށް ފުލުހުން އެދިލައްވާކަމަށެވެ.

ފުލުހުން މި މީހާ ހޯދަމުންދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ