ޔުނާން އާއި ރިހުލާ

ޔުނާންއާއި ރިހުލާގެ ބަންދަށް 7 ދުވަސް ޖަހައިފި

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި  ފާތިމަތު ރިހުލާގެ ބަންދަށް 7 ދުވަސް ޖަހައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޔުނާންއާއި ރިހުލާގެ ބަންދާމެދު ގޮތެއް ނިއްމުމަށް ކޯޓަށް ހާޒިރުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުޤީގު ކުރިއަށް ގެންދިއުމަށް 7 ދުވަސް ދީފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ޔުނާން އާއި ރިހުލާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޔުނާން އާއި ރިހުލާ ހައްޔަރު ކޮށްފައިވާއިރު މި ދެމީހުން ހައްޔުރުކުރުމަށް ގޮވާލާ އިއްޔެ ވަނީ މި ދެމީހުން އުޅޭ ގެ ކައިރިއަށް އާންމުން އެއްވެ އަޑު އުފުލާފައެވެ.

ޔުނާން އާއި ރިހްލާ ދިރިއުޅޭ ގެ ކައިރިއަށް އާންމުން އެއްވިއިރު އެސަރަޙައްދުގައި ފުލުހުންވެސް ހަރަކާތްތެރިވިއެވެ. އެސަރަޙައްދަށް އެއްވެފައިވާ އާންމުން، ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި އާންމުން އެއްވުމާއި ގުޅިގެން ޔުނާން އާއި ރިހްލާ ރައްކާތެރިކަމަށް އެދުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސަފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ