މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު - ފޮޓޯ: އަވަސް

ދިވެހިންގެ ޘަޤާފަތުގައި ނެތްކަންކަން ފަތުރުވެރިންނަށް ބުނެލަދޭން ޖެހޭ: ޝިފާ

ދިވެހިންގެ ޘަޤާފަތުގައި ނެތްކަންކަން މާލެ ސިޓީއަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ބުނެދޭންޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބިދޭސީ އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މިސްކިތެއްގެ ތެރޭގައި ހުރެ ކާމަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް މޭޔަރ ޝިފާ ވިދާޅުވެފައި ވަނީ މާލޭ ސިޓީއަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށާއި، ބިދޭސީންނަށް ދިވެހިންގެ ޘަޤާފަތުގައި ނެތް ކަންކަން ބައެއް ފަހަރު ބުނެލަދިނުން އެއީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

މި ފޮޓޯގައި ބުނެފައި ވަނީ އެމީހުން ތިބީ އިބްރާޙިމީ މިސްކިތުގެ ތެރޭގައި މެންދުރު ކާން ކަމަށާއި، މިކަން މަގުމަތިން އެއްވެސް މީހަކަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަސްތުގެ ހާލުގައި ހުރެ މާލޭގެ މަގުމަތީ ﷲ އަށާއި ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހެއްގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެމީހާގެ އެ ޢަމަލު ކުއްވެރިކޮށް ވާހަކަ ދައްކާފައެވެ. އަދި ފުލުހުން އެމީހާ ގައިގައި އަތް ނުލާ އެ މަންޒަރު ބަލަން ހުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

މަދުން ނަމަވެސް މިފަދަ މަންޒަރުތައް ދިވެހި މުޖުތަމަޢުން ދަނީ ފެންނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ