ރާއްޖޭގައި ހިންގަމުންދިޔަ ޓެލެގްރާމް ބަރަހަނާ ޗެނަލްތައް ހުއްޓުވައިފި

ދިވެހިރާއްޖޭގައި ގިނަދުވަސްތަކެއް ވަންދެން ހިންގަމުންދިޔަ ޓެލެގްރާމް ބަރަހަނާ ޗެނަލްތައް ހުއްޓުވައިފިއެވެ.

"އެމްވީކްރައިސިސް" ކިޔާ ޓެލެގުރާމް ޗެނަލަކުން މިކަން ހާމަކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން މިކަމާއި ގުޅޭގޮތުން ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއި ކުޑަކުދިންގެ ބަރަހާނާ ވީޑިއޯތަކާއެކު މި ގްރޫޕް ހިންގާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އާންމުކޮށް މި ޓެލެގްރާމް ގުރޫޕްގައި ހުންނަނީ ސްނެޕްޗެޓުން ދިވެހިން އެކަކު އަނެކަކަށް ފޮނުވާ ބަރަހާނާ ފޮޓޯއާއި ވީޑިއޯތަކުގެ އިތުރުން ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ދަށްކުވައިދޭ ފޮޓޯ އަދި އަންހެނުންނާއި ފިރިހެނުން ޖިންސީ ގުޅުން ހިންގާ މަންޒަރު ދަށްކުވައިދޭ ވީޑިއޯ ވެސް ގިނަ އަދަދަކަށް އެގުރޫޕްގައި ހިއްސާކޮށްފައިވާ ކަމަށް މި ނޫހަށް އެނގިފައި ވެއެވެ.

މީގެ ހަތަރު މަހެއްހާއި ދުވަސްކުރިން ފުލުހުންވަނީ ހަށިވިއްކާ ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ މައުލޫމާތު ފޯރުކޮށްދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭގެފަހުން މިކަމާގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
464149
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ