ޢަލީ ރަމީޒު އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީކަމަށާއި، ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން ރައްޔިތުންނަށް އޮޅުވާނުލުމަށް، މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިފަދައިން ވިދާޅުވެފައި މިވަނީ، އިސްލާމިކް ސްޓޭޓް(އައިއެސް) އާއި އަލްގައިދާއިން ރާއްޖެ ހިފަން އުޅޭ ވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް އަލީ ރަމީޒު ވިދާޅުވުމާއި ގުޅިގެންނެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އައިއެސް އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ޢަލީ ރަމީޒު އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީ!
އައިސިސް އާ އަލްގައިދާގެ ވާހަކަ ދިވެހިން ގަބޫލުކުރޭ!
ބޮލުގަ ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލާ!
Ali Rameez ge rahdhu Nasheed ah: IS aai Al-Qaida ge vaahaka mihaaru rayyithun gabooleh nukuraane! https://t.co/zqEkgL4fUt— ???????????????????? ???????????????????? - ???????? (@AlhanFahmy) October 7, 2020
މިކަމާއި ގުޅުވައިގެން ނަޝީދުއާއި އެއްކޮޅަށް އަރައިވަޑައިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައިސިސް އާ އަލްގައިދާގެ ވާހަކަ ދިވެހިން ޤަބޫލުކުރާކަމަށެވެ. އަދި ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލުމަށް އަލްހާން ގޮވާލައްވާފައިވެއެވެ.
އަލްހާން މިފަދައިން ޓްވީޓު ކުރައްވާފައިވަނިކޮށް، ޓްވިޓާއިން އަލީ ރަމީޒު އަލްހާން ބްލޮކް ކޮށްފައިވާކަމަށް ބުނެ އަލްހާން ފަހުން ވަނީ ޓްވީޓް ކުރައްވާފައެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޤާރީ އަލީ ރަމީޒް އަޅުގަނޑު ބްލޮކް ކުރައްވައިފި!
ސަބަބު ހޯދަން ތި މޫނަށް ބަލާ!!! ❤️ pic.twitter.com/rBRYXqaS4D
— ???????????????????? ???????????????????? - ???????? (@AlhanFahmy) October 7, 2020





3 Responses
Kabulhi kaan nulhey
Ali rameez eii boleh????
ކަލޭ ހާޑް ވާނެ ކަމެއްނެތް. ކަލޯޔައް ނެތް ތާއީދު މިހާރުވެސް އައްޔަ އަށް އޮނާނެ.