10 އަހަރުވީ ރޮނާލްޑޯގެ ރޭޕް ކޭސް އަލުން ފަށަނީ!

ރޭޕްގެ ތުޙުމަތުކޮށް މީގެ ދިހަ އަހަރުކުރިން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ހުށަހެޅުނު މައްސަލަައިގެ އަޑުއެހުމެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

2009 ވަނަ އަހަރު ލޮސްވޭގަސްގެ ހޮޓަލެއްގައި މިޢަމަލު ރޮނާލްޑޯ ހިންގިކަމަށްބުނެ، އޭނާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެމެރިކާގެ ރައްޔިތެއްކަމަށްވާ ކެތުރީން މަޔޯގާއެވެ. އެހެންނަމަވެސް އެޢަމަލު ހިނގީ ސީދާ ރޮނާލްޑޯކަމެއް އޭރު މަޔޯގާ ފުލުހުންގާތު ބުނެފައެއް ނުވެއެވެ.

2009 ވަނަ އަހަރު ހުށަހެޅުނު މިމައްސަލާގައި އޭރު މަޔޯގާވަނީ މައްސަލަ ތަޙުޤީޤުކުރި ފުލުހުންނަށް ރޮނާލްޑޯގެ ނަންދޭން ދެކޮޅުހަދާފައެވެ. އެހެންކަމުން ފުލުހުންނަށް އެކަންކުރި މީހާ ފާސްކުރެވިފައިނުވާއިރު، ކަން ހިނގިތައްވެސް ފާސްކުރެވިފައެއްނުވެއެވެ. އަދި އޭނާއާ ދޭތެރޭ އެގޮތަށް ޢަމަލުކުރީ ރޮނާލްޑޯކަމަށްބުނެ އަލުން މައްސަލަ ބަލައިދިނުމަށްއެދި މަޔޯގާ ފުލުހުންހަށް ހުށަހެޅީ 8 ޖުލައި 2018 ގައެވެ.

ރިޕޯޓްތައް ބުނާގޮތުން މިމައްސަލާގައި ހަނުހުރުމަށް ރޮނާލްޑޯވަނީ މަޔޯގާއަށް 375،000 އެމެރިކާ ޑޮލަރު 2010 ވަނަ ދީފައިވާއެވެ.

ނަމަވެސް ޔޫއެސް ޑިސްޓްރިކްޓް ޖަޖު ޖެނިފާ ޑޯސޭ ބުނީ، މިމައްސަލާގައި މަޔޯގާގެ ބަސް ކޯޓުގައި ބޭނުންކަމަށާއި، ރޮނާލްޑޯއާއެކު ފައިސާގެ އެއްބަސްވުމަކަށް އެދެމީހުން އައިސްފައިވާނަމަ، އެއެއްބަސްވުމުގައި މަޔޯގާ ސޮއިކޮށްފައިވަނީ އެފަދަ އެއްބަސްވުމަކަށް އައުމަށް މަޔޯގާގެ ބުއްދި ތަންދިން ވަގުތެއްގައިތޯ ބަލަން ބޭނުންކަމަށެވެ.

އަދި މިއަޑުއެހުމަށް ރޮނާލްޑޯ ޙާޟިރުވާންޖެހޭކަމަށްވެސް ކޯޓުން އަންގާފައެއްނުވެއެވެ. ރޮނާލްޑޯގެ ވަކީލުވެސް މިކަމާއި ގުޅިގެން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

މިމައްސަލާގައި ރޮނާލްޑޯއާއި މަޔޯގާ ފައިސާގެ އެއްބަސްވުމަކަށް އައިސްފައިވާކަން ރޮނާލްޑޯ ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި އެކަން ހާމަކުރުމާއި ގުޅިގެން މަޔޯގާ ބުނީ އެއެއްބަސްވުމުގެ ވާހަކަ މީޑިއާއަށް ރޮނާލްޑޯ ގެނައުމާއި ހިސާބުން އެދެމީހުންގެ މެދުގައި ވެވެނު އެއްބަސްވުމާއި ރޮނާލްޑޯ ޚިލާފުވެފައިވާކަމަށެވެ.

މިމައްސަލަ އެކަށީގެންވާ ވަރަށް ފިޒިކަލް ހެކި ނުލިބުމުގެ ސަބަބުން އެމެރިކާގެ ކްލާކް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން މައްސަލަ 2019 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި މިމައްސަލަ ބާތިލްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ