ޢަލީ ރަމީޒަކީ ޕީޕީއެމްގެ އެކްޓިވިސްޓެއްކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް ސްޓޭޓް(އައިއެސް) އާއި އަލްގައިދާއިން ރާއްޖެ ހިފަން އުޅޭ ވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް އަލީ ރަމީޒު ވިދާޅުވުމާއިގުޅިގެން އަލްހާން އަންނަނީ އެކިގޮތްގޮތަށް އަލީ ރަމީޒަށް ރައްދުދެއްވަމުންނެވެ.
އަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ، އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އައިއެސް އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އަލީ ރަމީޒަކީ ޕީޕީއެމް އެކްޓިވިސްޓެއް!
ތިމާ އަކީ މާ ދީނީ ނިއުޓްރަލް މީހަކަށް ހެދިގެންހުރެ ސަރުކާރާމެދު ފިތުނަ އުފައްދާއިރު އެވާހަކަ ބުނާ މީހާ ބްލޮކް ކުރުން އޭނާ ކުރާކަމަކީ !
ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ އެހެން މިހުންނާ ދިމާކުރާކަށް ދެން ފުރުސަތެއް ނޯންނާނެ.
— ???????????????????? ???????????????????? - ???????? (@AlhanFahmy) October 7, 2020
މި ވާހަކަތަކާއި ގުޅުވައިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ އެހެން މިހުންނާ ދިމާކުރާކަށް ދެން ފުރުސަތެއް ނޯންނާނެކަމަށެވެ.
"ތިމާ އަކީ މާ ދީނީ ނިއުޓްރަލް މީހަކަށް ހެދިގެންހުރެ ސަރުކާރާމެދު ފިތުނަ އުފައްދާއިރު އެވާހަކަ ބުނާ މީހާ ބްލޮކް ކުރުން އޭނާ ކުރާކަމަކީ !" އަލްހާންގެ ޓްވީޓެއްގައި ވިދާޅުވިއެވެ.
އައިސިސް އާ އަލްގައިދާގެ ވާހަކަ ދިވެހިން ޤަބޫލުކުރާކަމަށާއި، އަދި ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލުމަށް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި އަލްހާން އަލީ ރަމީޒަށް ގޮވާލައްވާފައިވެއެވެ. އަދި މިފަދައިން ޓްވީޓު ކުރައްވާފައިވަނިކޮށް، ޓްވިޓާއިން އަލީ ރަމީޒު އޭނާ ބްލޮކް ކޮށްފައިވާކަމަށް ބުނެ އަލްހާން ވަނީ ޓްވީޓް ކުރައްވާފައެވެ.




6 Responses
ކަމުދާ ދީނީީ އެންމެން ޕީޕީއެމް ލާދީނީީ މީހުން އެމްޑީޕީ..
Namaadhqkah eri dhuvaheh dhemeehun therey ekakuves bunedheebala kaakahtho kuri libenee balaalan enme fahun
ބުނެފި ވިދާޅުވެއްޖެ ދަރަޖަތައް މަސްހުނި ކުރީމަ ދެން ސަޅިތަ
Kae Ayyaa nubehi huriyyaaa rangalhu vaanee
މި އަޅެ ކާކުތަ. ސިޔާސީ ތުންފުއްސެއް ޗީޑި
ކަލޭތީ ޔަހޫދީއެއް