މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުރެވުނު ހަމައެކަނި ކަމަކީ، ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް ޕޮލިޝް ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނުފުއްދޭ ވަރުގެ ބޮޑެތި ވަޢުދުތައް ވުން ހުއްޓާލަން ދަސްކުރަންޖެހޭ ކަމަށާއި މި ސަރުކާރަށް ޙާޞިލްކުރެވުނު ހަމައެކަނި ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް ޕޮލިޝްކުުރުމާއި އަމިއްލައަށް ސަނާކިޔުން ކަމަށެވެ.
"ކުރިން ގޯސްވި ޤާނޫނު މިއަދު މޮޅުވެއްޖެ. ކުރިން ކަމުނުދިޔަ ފްލެޓް، ބްރިޖުތައް، މަހާޖައްރާފު މިއަދު ރަނަށްވެއްޖެ." ޖަމީލް ވިދާޅުވިއެވެ.
ނުފުއްދޭ ވަރުގެ ބޮޑެތި ވަޢުދުތައް ހުއްޓާލަން ދަސްކުރަންޖެހޭ. ކުރިން ގޯސްވި ޤާނޫނު މިއަދު މޮޅުވެއްޖެ. ކުރިން ކަމުނުދިޔަ ފްލެޓް، ބްރިޖުތައް، މަހާޖައްރާފު މިއަދު ރަނަށްވެއްޖެ. މި 5 އަހަރު ޙާޞިލްކުރެވުނު ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް ޕޮލިޝްކުުރުމާއި އަމިއްލައަށް ސަނާކިޔުން. pic.twitter.com/5Vd17EvLEg
— Mohamed Jameel Ahmed (@MJameelAhmed) October 8, 2020
ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ނޫސްވެރިން ހިމާޔަތްކޮށް، މިނިވަންކަން ހަނި ނުވާނެހެން އަބުރުގެ ބިލް ފަރުމާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފިވަނިކޮށެވެ.
ރައްޔިތުން މަޖިލިހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ދައުލަތުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅަން ނިންމާފައިވާ “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް”އާ ގުޅޭ ގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް މި ޖަމިއްޔާއަށް ވަނީ ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި އެމްޓީސީސީ އިން ވަނީ މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުން ދިވެހިންނަށް ބަދަލުކޮށްފައެވެ. ބިދޭސީ ފަޅުވެރިންނާއިއެކު މަސައްކަތް ފެށި މަހާ ޖައްރާފުގައި އިއްޔެއިން ފެށިގެން މަސައްކަތް ކުރާނީ 17 ދިވެހިންނެވެ.



