ފޮޓޯ: މަޖިލިސް ގެލެރީ

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން އެދުމަކީ ގާނޫނުން ލިބިދޭ ހައްގެއް: ސައީދު

އިންޑިއާ ސިފައންްގެ އަދަދު ހާމަކުރަން އެދުމަކީ ގާނޫނުން ލިބިދޭ ހައްގެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ސަރުކާރުގައި އެދުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ ހައްގެއް ކަމަށެވެ.

"މައުލޫއާއި ނުގުޅޭ ކަންކަމާއި މިކަން ގުޅުވަނީ، މުސްލިމު ގައުމަކަށް ރާއްޖެ ވުމާއި، "ހަރުކަށި ފިކުރު" ކަމަށް ބުނެ ގައުމުތައްރުއްސަން" ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްޔިތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން ވަނީ ނިންމާފައެވެ.

މި ކުއްލި މައްސަލަިގައި އިތުރަށް ބުނެފައި ވަނީ، މިސަރުކާރުން ވެރިކަމާ ޙަވާލުވެ، އިންޑިޔާއާއެކު ވެފައިވާ އަދި އާކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައިފައިނުވާތީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވުމާ، އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުންދާ ކަމުގެ ޝައްކު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީއާއި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމަށް ބުރޫ އަރާނެތީ އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ