ރ.އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ(އެމްޓީސީސީ) އާއި ހަވާލުކޮށްފައިވަނީ، 408 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް މިއަދު އެވެ. މި މަޝްރޫއުގެ އަގަކީ 44,792,634.74 ރުފިޔާއެވެ.
ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ ގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟިލް އާދަމް އާޒިމް އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
221 މީޓަރ ގެ ބޮޑުހިލަ ބޭރުތޮށި
91.444 މީޓަރ އެއްގަމު ތޮށި
12 ބަނދަރު ބައްތި
0}111 ސްކެއަރ މީޓަރ ޕޭވްމަންޓް
5 މޫރިންގ ބުލޮކްސް
ބަނދަރު ފުންކުރުން 32,000 ކިއުބިކް މީޓަރ
ނެރު ފުންކުރުން 15 ކިއުބިކް މީޓަރ
2 ނެރު ބައްތި
100 މީޓަރ ރިވެޓްމަންޓް ޖެހުން




