ގއ. ކޮލަމާފުއްޓާއި، ގދ. ހޯޑެއްދޫގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުމުގެ މަސައްކަތް މިއަދު ޙަވާލުކޮށްފިއެވެ.
މި ދެމަޝްރޫޢުގެ ޖުމުލަ އަގަކީ 119.6 މިލިޔަން ރުފިޔާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ކޮލަމާފުއްޓަށް ހަރަދު ކުރަނީ، 58،259،558.47 އެވެ. ހޯޑެއްދޫ އަށް، 61،354،132.31 އެވެ.
މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި މަސައްކަތް ނިންމުމުގެ މުއްދަތަކީ 730 ދުވަހެވެ.
ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތުޝާނާ ފާރޫޤް އެވެ. ހެވީ ފޯސް ޕީ.ލ.ޑީ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޒަމީލްއެވެ.
ގއ. ކޮލަމާފުށި ބަނދަރު
- 548 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި
- 550 މީޓަރު އެއްގަމު ތޮށި
- 4 ނެރުބައްތިި އާއި 28 ބަނދަރު ބައްތި
- 2750 ސްކެއާ މީޓަރު ޕޭމަންޓު
- 12 މޫރިންގް ބްލޮކްސް
- 66،330 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
- 5750 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
- 404 މީޓަރުގެ ރިވެޓްމަންޓު ޖެހުން
ގދ. ހޯޑެއްދޫ ބަނދަރު
- 1485 މީޓަރުގެ ބޮޑުހިލަ ޖެހުން
- 310 މީޓަރު އެއްގަމުތޮށި
- 4 ނެރުބައްތިި އާއި 50 ބަނދަރު ބައްތި
- 1550 ސްކެއާ މީޓަރު ޕޭމަންޓު
- 8 މޫރިންގް ބްލޮކްސް
- 71،590 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން
- 2250 ކިިއުބިކް މީޓަރަށް ނެރު ފުންކުރުން
- 652 މީޓަރުގެ ރިވެޓްމަންޓު ޖެހުން
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑު) އިންނާއި ދިވެހި ސަރުކާރުގެ
ބަޖެޓުންކަމަށެވެ. އެގޮތުން އޮފިޑް އިން %77 އަދި ދިވެހި ސަރުކާރުން %23 އެވެ.




