ފ. ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ބުނެފައެވެ.
ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 397 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން 42600 މީޓަރުގެ ސަރަހައްދެއް ފުން ކުރުމަށް ހަމަޖެހިފައިވާއިރު އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓެއްގެ އިތުރުން 196 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމެންޓު ގާއިމްކޮށް ބަނދަރު ސަރަޙައްދުގައި ބައްތި ހަރު ކުރާނެއެވެ.
ފ.ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާަފައި. pic.twitter.com/CaIk74HD2E
— Ministry of National Planning and Infrastructure (@MoNPImv) June 6, 2020
ދަރަނބޫދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތަށް 38.2 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.
ލޮކްޑައުން އާއިއެކު ތަރައްޤީގެ މަސްރޫޢުތައް ހުއްޓި އޮތޮމަށްފަހު މިހާރު ކޮންމެސް ވަރަަކަށް ރަށް ރަށުގައި ޕްރޮޖެކްޓްތައް އަންނަނީ ހިންގަމުންނެވެ.