ވިޔަފާރިއާއި އަދި ވަޒީފާއާއި ގުޅޭގޮތުން އިންޑޮނޭޝިއާގައި ފާސްކުރި ބިލާއި ގުޅިގެން ކަންބޮޑުވުންތަކެއް

ވިޔަފާރިއާއި އަދި ވަޒީފާއާއި ގުޅޭގޮތުން އިންޑޮނޭޝިއާގެ ޕާލަމެންޓުން ފާސްކުރި ބިލާއި ގުޅިގެން ބޮޑެތި ކަންބޮޑުވުން ތަކެއް އުފެދި އެގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ.

އެގައުމުގެ އެތައްހާސް ރައްޔިތުން މަގުތައްމައްޗަށް ނިކުމެ މިބިލު ތަސްދީގު ކުރުމާއި ދެކޮޅަށް މުޒާހަރާކުރާތާ މިއަދަށް ތިންދުވަސްވެފައިވާއިރު މި މުޒާހަރާތަކުގައި މާބޮޑު ހަމަނުޖެހުންތަކެއް ހިނގައިފައެއް ނުވެއެވެ.

އަންނަ އާދިއްތަ ދުވަހު ގާނޫނަކަށް ވެގެންދާނެ މި ބިލުގެ ސަބަބުން މަސައްކަތްތެރިންނަށާއި އަދި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެކަމަށް މުޒާހަރާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ މި ބިލުގެ ސަބަބުން އިގުތިސާދީ ބޮޑު ކުރިއެރުންތަކެއް ގައުމަށް ލިބިގެންދާނެ ކަމަށެވެ.

1،000 ވުރެ ގިނަ ގަނޑުގެ މައްޗަށް އެކުލެވިގެންވާ މި ބިލު އިންޑޮނޭޝިއާގެ ޕާލަމެންޓުން ފާސްކޮށްފައިވަނީ، ޕާލަމެންޓުގައި ހިމެނޭ ނުވަ ޕާޓީގެ ތެރެއިން ހަތް ޕާޓީގެ ތާއީދާ އެކުއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ބިލަކީ އިންޑޮނޭޝިއާގައި މަސައްކަތްތެރިންނާއި އަދި ތިމާވެށި ރައްކާތެރި ކުރުމަށް ހެދިފައިވާ ގިނަ ގަވާއިދުތަކަކަށް ލުއިދޭނެ ބިލެކެވެ. މިގޮތުން މިބިލުގެ ސަބަބުން އެކި ސިނާއަތްތަކުން ކަނޑައަޅައިފައިވާ މިނިމަމް ވޭޖް އުވިގެންދާނެއެވެ. އަދި އެކި ޕުރޮޖެކްޓުތައް ހިންގާއިރު ހަދަންޖެހޭ އެންވިރެންމެންޓަލް އިމްޕެކްޓް އެނާލަސިސް ހެދުމަށްވެސް ލުއިތަކެއް ދީފައި ވެއެވެ.

އިންޑޮނޭޝިއާގެ އިގުތިސާދަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގުތިސާދެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އިންޑޮނޭޝިއާގެ އިގުތިސާދުވަނީ 5.3 އިންސައްތަ ދަށަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ