މަސައްކަތް ނިންމާނީ ރައީސްކަމަށް ޔާމީން އިންތިހާބު ކުރުމަށްފަހު: ޣައްސާން

އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ މަސައްކަތް ނިންމާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމަށްފަހު ކަމަށް ޕީޕީއެމްގެ ނާއިބް ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މައުމޫން މިފަދައިން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ޙުކުމް ކުރީ ރަނގަޅަށް ކަމުގައި ސްޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.

ސްޕްރީމް ކޯޓުން އިއްޔެ ކުރި ޙުކުމްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވާފައިވާ 8 އެކައުންޓް ފްރީޒް ކުރަން ހުށައެޅިއިރު އެ 8 އެކައުންޓްގައިވާ ފައިސާ އާއި އޭސީސީ އިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކްސްރޯ އެކްއުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި އެ ބެންކްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުޢާމަލާތާއި ގުޅެނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓްގައިވާ ފައިސާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާކަމަށްވެސް ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.

އެހެން ކަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގައިވާ ކުރީގެ ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ނެރުނު އަމުރުރަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ތާޢީދު ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންއަށް ވަނީ5 އަހަރުދުވަހުގެ ޖަލު ޙުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ރައީސް ޔާމީންގެ ޚިޔާނާތުގެ މައްސަލަތައް ކުރިޔަށް ދިޔަ އިރު އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިކަން ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ކުރީގެ ރައީސް ޔާމީންގެ އެކްއުންޓްތައް ފްރީޒް ކުރުމަށް ކްރިމިކަލް ކޯޓުން ނެރެފައިވާ ޙުކުމް ބާޠިލް ކަމަށް 2019 މާރިޗު 31 ގައި ވަނީ ހައިކޯޓުން އަމުރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ