ފޮޓޯ: އެމްއެމްޕީއާރުސީ

ދެކުނު ކޮރެއާގައި ރާއްޖެ އިސްތިހާރު ކުރަނީ

ދެކުނު ކޮރެއާގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހަރަކާތްތަކެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި ހަރާކުގައި އްޖޭގެ ޓެގްލައިންތައް ކަމަށްވާ "ރީޑިސްކަވާ މޯލްޑިވްސް" އާއި "ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް" އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިސްތިހާރު ބަސްތަކުގައި ވެސް ޖަހާނެކަމަށެވެ.

މި މާކެޓިން ކެމްޕޭން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮރެއާގެ "ގޭންގްނަމް" ސަރަހައްދުގައެވެ. އަދި ކެމްޕޭންގެ ގައި ސާޗް އިންޖިން "ނޭވާ" ގައިވެސް ރާއްޖެ އިސްތިހާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ކަމުގެ ސަބަބުން 150 މިލިއަން މީހުންނަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ އެއްދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ