ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ކައްކާ ގޭސްފުޅިއެއް ވަގަށް ނެގި ޒުވާނަކު ހައްޔަރުކޮށްފި

ރަމަޟާން މަހުގެ ފަތިހުގެ ވަގުތު ގެޔަކުން ގޭސްފުޅިއެއް ވަގަށްނެގި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ފަތިހު ގދ. ތިނަދޫގައެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ ފަތިހު ގދ.ތިނަދޫ ގެއަކުން ވަގަށް ނެގި ގޭސްފުޅިއެއް ފުލުހުންގެ ތަޙްޤީހުން ހޯދާއި، ގޭސްފުޅީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގޭސްފުޅިއެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މި މައްސަލަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

ރަމަޟާން މަހާ ދިމާކޮށް ވައްކަން ކުރުން އިންތިހާއަށް އިތުރުވެފައިވާއިރު، ހޯރަފުށީ ގެއަކުން 100000ރ ވަގަށް ނެގި މައްސަލައެއްވެސް އިއްޔެ ފެންމަތިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ