ދަރަނީގެ ހިސާބުތައް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބަލަހައްޓަވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ދަރަނީގެ ހިސާބުތައް އެމްޑީޕީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބަލަހައްޓަވާނެ ކަމަށެވެ.
ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން މިނިސްޓަރ އަމީރު އާއި ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅުގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައިވާއިރު ސަރުކާރުން ކޮވިޑް-19 އާއި ގުޅުގެން ކުރަމުންދާ ޚަރަދުގެ ތަފްސީލްވެސް ފިނޭންސް މިނިސްޓްރީނޖް ގެންދަވަނީ އާންމު ކުރައްވަމުންނެވެ.
Dharaneege hisaabu thah mi Partyge Finance Minister Hon @iameeru balahattavaane. pic.twitter.com/20UX1ph2km
— MDP Secretariat (@MDPSecretariat) October 10, 2020
ރައީސް ޔާމީން ޗައިނާއާއެކު ހެދި ޑީލްތަކުގެ ސަބަބުން ޤައުމު އޮތީ ދަރަނީގެ މަޅިއެއްގައިކަމަށާއި އެދަރަނި މިހާރުގެ ސަރުކާރުގެ ބޮލުގައި "ޤައުމު ވިއްކާލުމުގެ" ތުޙުމަތުގައި އިދިކޮޅުން އަޅުވަމުން ގެންދާކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. މިޤައުމު ދަަރަނިވެރިވީ ރައީސް ޔާމީނު ޗައިނާއާއެކު ހެދި ޑީލްތަކުގެ ސަބަބުންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



