ވަގަށް ނަގާފައިވާ ކަމަށް ތަށިމުށިތަކެއް ވިއްކަން އުޅެނިކޮށް ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ގދ.ދާންދޫގައި ވަގަށް "ނަގާފައިވާކަމަށް ބެލެވޭ ތަށިމުށިތަކެއް" ވިއްކަން އުޅުނު 33 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރުމުގެ އިތުރުން ތަށިމުށިތައް އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Miadhu GDh.Gadhdhoo gai vagah nagaafaikamah belevey thashimushi thakeh vikkan ulhunu 33 aharuge firiheneh fuluhun ge belumuge dhasha genevi, thashimushi thah verifaraathaai havaalu kurevifaivey. Mi massala Gadhdhoo Police Station in dhany thahqeeq kuramun. pic.twitter.com/xbeNbKBmCl
— Maldives Police (@PoliceMv) May 28, 2019
ތަށިމުށިތަކެއް ވަގަށް ނެގި މައްސަލަ ދާންދޫ ޕޮލިސް ސަޓޭޝަނުން ތަޙްޤީޤު ކުރަމުންދާއިރު، ކައްކާ ގޭސްފުޅިއެއް ވަގަށް ނެގި މީހަކުވެސް އިއްޔެ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.



