ވަގަށްނެގި ދެ ފޯނު ހޯދާ، ވާދޫ އަދި ފަރެސްމާތޮޑާއިން ދެމީހަކު ހައްޔަރުކޮށްފި

ދެރަށަކުން ވަގަށް ނަގާފައިވާ ފޯނުތައް ފުލުހުން ހޯދާ އެމައްސަލަތަކާ ގުޅުންހުރި މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު ގދ.ފަރެސްމާތޮޑާއިން "ސެމްސަންގ ޖޭ2" މޮޑެލްގެ ގޯލްޑް ކުލައިގެ ފޯނެއް ވަގަށް ނެގި މައްސަލައިގަ ފުލުހުންގެ ތަޙްޤީޤުން ފޯނު ހޯދާ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު ގދ.ވާދޫއިން "ނޮކިއާ 3.1 (އެންޑްރޮއިޑް)" ފޯނެއް ވަގަށް ނެގި މައްސަލައިގަ ފުލުހުންގެ ތަޙްޤީޤުން ފޯނު ހޯދާ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ވާދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަގަށް ނެގި ދެ ފޯނު ހޯދާ އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައިވާއިރު، ގދ.ގައްދޫއިން ވަގަށް ނަގާފައިވާ ތަށިމުށިތަކެއް ވަގަށް ވިއްކަން އުޅުނު މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ