އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތަފްސީލު ހާމަނުކުރާނަމަ މުޒާހަރާއަށް ނުކުންނަން ޖެހިދާނެ: އަލްހާން

ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރީން ތިބި ސަބަބަކާ، އެމީހުން ގެ އަދަދުގެ މައުލޫމާތު ސަރުކާރުން ހާމަ ކުރަން ދެކޮޅު ހަދާނަމަ އެކަން ސާފުކުރަން، އެ ތަފްސީލު ހޯދަން މަގުމައްޗަށް މުޒާހަރާއަށް ނުކުންނަން ޖެހިދާނެކަމަށް، މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެ މީހުން ތިބުމަށް ދައުލަތުން ކުރާ ހަރަދުތަކުގެ މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފައިވަނިކޮށެވެ.

އަލްހާން ވިދާޅުވީ، ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރީން ތިބި ސަބަބަކާ ، އެމީހުން ގެ އަދަދު އެނގުމަކީ ދިވެހި ރައްޔިތުންނަށް އޮތް ޙައްޤެއްކަމަށެވެ.

 

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުންގެ ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލާ ވާހަކަދައްކާފައިވާއިރު، އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައންްގެ އަދަދު ހާމަކުރުމަށާއި، އަދި އައިސް އުޅޭ ބޭނުން ހާމަކުރުމަށް ތަކުރާރުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ