ސްކޫލް ދަރިވަރުންތަކެއް | ފޮޓޯ: ވަގުތު

މާލޭ ސިޓީގައި ގްރޭޑް 7 އަދި 8 ގެ ކިޔެވުން ފަށަނީ

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު މާލެ ސިޓީގައި ގްރޭޑް7 އަދި8 ގެ ކިޔެވުން ފެށުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދަޅުވެފައި ވަނީ ‏ކޯވިޑް-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، ⁦‪ހެލްތް ޕްރޮޓެކްޝަން އެޖެންސީ‬⁩ގެ ލަފާގެ މަތިން، އޮކްޓޫބަރުމަހުގެ 19 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 8 ގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮކްޓޫބަރުމަހުގެ 25 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 7 ގެ ކިޔެވުން ފެށުމަށްވެސް ނިންމާފައިވާ ކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން މާލޭގައި އިތުރުވުމާއި އެކު، ސުކޫލް ތަކުގެ ކިޔެވުން މަހަކަށް ވުރެ ގިނަ ދުވަހު ހުއްޓާލާފައި އޮތުމަށްފަހު މާލޭސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9 - 12 ކިޔަވައިދޭން ފަށާފައި ވަނީ އޮކްޓޫބަރު 4 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ 1 ވަނަ ދުވަހު އަތޮޅު ތެރޭގެ ސްކޫލްތައް ހުޅުވާ ގުރޭޑް 1 އިން 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. ނަމަވެސް މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 އަށެވެ.

ނަމަވެސް މާލެ ސިޓީގައި ދިޔައީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައި ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ