ހުޅުމާލެ ފްލެޓެއް ކައިރިން ފޭރިގަތް އަންހެނެއްގެ އަތް ދަބަސް ހޯދައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހުޅުމާލެ ޕޮލިސް އަށް ހުށަހެޅުނު ފޭރުމުގެ މިމައްސަލާގައި ހިމެނޭ އަތް ދަބަސް ހޯދާފައިވަނީ އާންމު ރައްޔިތެއްގެ އެހީތެރިކަމާއެކުކަމަށެވެ.
އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއިރު، އެދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ހުޅުމާލެ 66 ނަންބަރު ފްލެޓް ކައިރިންންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.