މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރުއައިގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކެޓިވް ޑިރެކްޓާ ޑިއެޑްރެ ފިޓްޕެޓްރިކް އެވެ.

މި އެއްބަސްވުމާ ގުޅެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށްބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ