ހއ. އިހަވަންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ މިއަދު ހެނދުނު 8:45 ގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދް އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑްއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ260 ދުވަހުން ނިންމާގޮތަށެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އޮކްޓޫބަރު މަހުގެ21 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމަން ޖެހޭ ތާރީޚެއް ކަމަށް ފެނަކައިން ބުނެފައި ވަނީ08 ޖުލައި2021 އެވެ.
މި ޕްރޮޖެކްޓުގައި އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މުސްޠަފާ އަޙްމަދެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.

ފެނަކަ އިން އަންނަނީ އެ ކުންފުނިންގ ޚިދުމަތް ދެމުން އަންނަ ގިނަ ރައްތަކެއްގައި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ އަޙްމަދު ސަޢީދު ވިދާޅުވެފައި ވަނީ އިހަވަންދޫގެ ކަރަންޓް ނެޓްވޯލް ވަރަށް އަވަހަށް އެޗްވީ ނެޓުވޯކަށް ބަދަލުކުރެވިގެން ދާނެ ކަމަށާއި، އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފެނަކަ އެމްޑީގެ އިތުރުން އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާޢުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.




