ޑުރޯން ބޭނުން ކޮށްގެން ޑުރަގް ޑީލް އެއް ފަޅާއަރުވާލައިފި

ޑުރޯން ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ތިބި ބަޔަކު ޗައިނާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޗައިނާގެ ރަސްމީ މީޑިއާ ސީސީޓީވީ އިން މި އޮޕަރޭޝަންގެ ވީޑިއޯ އާންމުކޮށް ދައްކައިފައިވާއިރު މި ވީޑިއޯއިން ފެއްނަނީ ބަޔަކު މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ހުއްނަތަން ޑުރޯންއެއްގެ އެހީގައި ވީޑިއޯކޮށް ފުލުހުން އެސަރަހައްދަށް އާދެވެންތެއް ޑުރޯން އެމީހުންގެ ފަހަތުން އުދުހޭތަނެވެ.

މިވީޑިއޯ އާންމުވުމާއެކު ޗައިނާގެ މީސްމީޑިއާ ވެބްސައިޓުތަކުގައި މީހުންވަނީ މިކަމަށް ތާއިދު ކޮށާއި އަދި ތާއީދުނުކޮށް ހިޔާލު ފާޅުކުރަން ފަށައިފައެވެ. ތާއީދު ނުކުރާ މީހުންގެ ޝަކުވާއަކަށް ވެފައިވަނީ އެއްވެސް "ޕުރައިވަސީ" އެއް މިހާރު މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ނެތުމެވެ.

މި އޮޕަރޭޝަނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޑުރޯންގައި ހަތިޔާރު ހަރުކޮށް ކުއްވެރިން ހައްޔަރުކުރުންވެސް އެންމެ ރަނގަޅު ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި އޮޕަރޭޝަންގެ ލައިވް ފީޑްވަނީ އެންމެ ކައިރީ ހުރި ފުލުހުންގެ އިދާރާއާއި ޑުރޯންއިން ހިއްސާ ކޮށްފައެވެ. އަދި މިކަން ވެގެން ގޮސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ތިބި މީހުން އެކަމުގެ މާހައުލުން އަތުލުމުގައި ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ.

ޗައިނާގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ފުލުހުން އަންނަނީ ބަޔެއް ކުއްވެރިން އަތުލައިގަތުމަށާއި އަދި ބަޔެއް އޮޕަރޭޝަންތައް ހިނގުމުގައި ޑުރޯންގެ އެހީ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް

2 Responses

  1. ކަލޭ އަމާ

    ކޮންތާއީދު ކޮަޢްނުކޮށެއ

  2. Someone

    Kobaa tha video link

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ