"އެގް ބޯއީ" ގެ ފައިސާގެ އެހީ، ނިއުޒިލެންޑުގެ މިސްކިތައް ދިން ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް

"އެގް ބޯއީ" ގެ ނަމުން މަޝޫރުވި އޮސްޓުރޭލިޔާގެ އުމުރުން 17 އަހަރުގެ ވިލް ކޯނޮލީ ނިއުޒިލެންޑުކެ މިސްކިތައް ދިން ހަމަލާގައި ޒަހަމްވި ފަރާތްތަކަށް އޮސްޓުރޭލިއަން ޑޮލަރުގެ 99،922.36 ޑޮލަރު ހަދިޔާ ކޮށްފިއެވެ.

ވިލް ކޮނޮލީ "އެގް ބޯއީ" ގެ ނަމުން މަޝޫރުވީ، އޮސްޓުރޭލިއާގެ ސެނެޓަރ ފުރޭސަރ އަނިން ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް ބޮލަށް ބިހެއް ޖެހުމުންނެވެ. ވިލް ކޮނޮލީ ސެނެޓަރ ގެ ބޮލަށް ބިސް ޖެހީ ނިއުޒިލެންޑުގެ މިސްކިތައް ދިން ހަމަލާގެ ޒިންމާ މުސްލިމުންވެސް އުފުލަން ޖެހޭނެ ކަމަށް ބުނެ ދެއްކި ވާހަކަޔާއި ގުޅިގެންނެވެ.

މިހާދިސާ އާއި ގުޅިގެން "އެގް ބޯއީ" އަށް އެހީވުމަށްޓަކައި ވަނީ ދެފަންޑެއް ހުޅުވައިފައެވެ. އެއްފަންޑަކީ ގާނޫނީ ގޮތުން އުފުލަފާނެ ދައުވާ އަކުން ސަލާމަތް ވުމަށް އެހީ ހޯދުމަށް ހުޅުވި ފަންޑެކެވެ. އަދި އަނެއް ފަންޑަކީ ގިނަ ބިސް ގަތުމަށް އެހީވުމުގެ ނަމުގައި ހުޅުވައިފައިވާ ފަންޑެކެވެ.

ސެނެޓަރ ފުރޭސަރ އަނިން "އެގް ބޯއީ" އާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. ވީމާ މި ދެފަންޑުން ލިބުނު ފައިސާ މިހާތަނަށްހުރީ ބޭނުން ނުކޮށެވެ.

އިންސްޓަގުރާމުގައި ވިލް ކޮނޮލީ ވަނީ ފަންޑުތަކުން ލިބުނު ފައިސާ ހަވާލުކުރިކަން ޔަގީން ކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ