އެމްޑީޕީގެ ވެރިން ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަނެގެން ނުފުދޭ: ޖަމީލް

އެމްޑީޕީގެ ވެރިން ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަނެގެން ނުފުދޭ ކަމަށް  ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާލުވެފައި މިވަނީ، ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ގެ ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައްޔޮތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީވާ ވިދާޅުވީ، ނުހައްގު މުއްސަދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ ދައްކަވަން މިހާރު ބައެެއް ބޭފުޅުން ލަދުގަންނަ ކަމަށާއި އަދި ސަބަބަކީ ނުހައްޤު މުއްސަދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ އޭނާ އެކަނި ވެސް 19 ވަނަ މަޖިލީހުގައި ތިން ވަނަ ފަހަރަށް ދައްކަވަން ޖެހުން ކަމަށެވެ.

ހަލީމް ވިދާޅުވީ، “މިއަދު ރައީސް ޔާމީން އޮންނެވީ ކޮންތާކުތޯ؟ ރައީސް ޔާމީން އޮންނެވީ މާފުށި ޖަލުގައި ވައްކަން ކޮށްގެން ހުކުމް ކޮށްފަ. ކޮބާތޯ އޭރުގެ ނައިބު ރައީސް؟ މިއަދު އެ ހުންނެވީ 20 އަހަރަށް ހުކުމް ކޮށްފަ. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ގޭގަ. މިއަދު އަހްމަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. މިއަދު އަދިބު ގޭގަ ބަހައްޓައިގެން ބޭސް ކޮށްްޑިދީގެން ވެސް އަދީބުގެ ފުރާނަ ސަލާމަތް ކޮށްގެން އަދީބު ލައްވާ އަޅުގަނޑުމެން ހުރިހާ އެއްޗެއް ނެރުވަން އެބަޖެހޭ.” އަހުމަދު ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ މި ރާއްޖެއަށްޓަކާ ހުރިހާ ވާހަކައެއް ދައްކަން ކަމަށާއި އަދިބު އަމިއްލަޔަށް އަދީބަށް ކުރެވުނު ކުށަށް މާފަށް އެދި އެދަނީ ހުރިހާ ވާހައެއް ކިޔައިދެމުން ކަމަށެވެ. އަދި އެ ކުރައްވަނީ ގަުމީ މަސައްކަތެއް ކަމަށެވެ.

މި ވާހަކަ ތަކަށް ރައްދު ދެއްވަމުން ޖަމީލް ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީގެ ވެރިން އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ވާހަކަދައްކަން ލަނދުގަނެގެން ނުފުދޭ ކަމަށާއި އަދި ޕާޓީތެރެ ޠާހިރުނުކުރެވުނު ބަޔަކަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައި ވެއެވެ.

"ޚިޔާނާތުގެ ސިހުރުގައި ޕާޓީ ގައިދުވެފައި. ކުށުގެ މާސްޓާމައިންޑް މިއަދު ހީރޯއަކަށްތިހެދީ. މިވެސް އިންސާފުތޯ؟" ޖަމީލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ