އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުމަކީ ޔާމީންގެ އެންމެ ބޮޑު އެދުން: ނަޝީދު

ރައީސް ޔާމީން އެންމެ ބޮޑަށް އެދޭނީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިންނެވުން ކަމަށް ރައްޔިތުންެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން" ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އިންސާފުވެރި ކަމާއިއެކު ޝަރީޢަތް ހިންގޭނެ ގޮތް މެދުވެރިނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މީ އިންސާފުނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާ ކޮށްފަ ހުރި މީހެއް. އެންމެ ފަހަރަކު ދެފަހަރަކު ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިނދެ އެމަނިކުފާނު ކުރައްވާ މަސައްކަތް ކުރައްވާނީ އިންސާވެރިކޮށްކަން ދިވެހިރައްޔިތުންނަށް ޔަޤީން ކޮށްދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ކުރީގެ ވެރިން ދެކޭނީ ކުރީގެ ވެރިންގެ ގޮތުގައި ކަމަށާއި އެވެރިން، އެވެރިންގެ ވެރިކަމުގައި ކޮށްފައިވާ ގޯސް ކަންތައްތަކަށް އަދަބު ލިބުމަށް ދިވެހިން އަބަދުވެސް އެދޭނެ ކަމަށެވެ. އެކަން އެގޮތަށް ކުރާން ޖެހޭނެ ކަމަށާއި އެ އިންތިޒާމުވެސް އަބަދުވެސް އެގޮތަށް ބާއްވަން ޖެހޭނެ ކަމަށާއި އެކަން ކުރަމުން ގެންދާން ޖެހޭނީ އިންސާވެރިކަމާއިއެކު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ