ކޮވިޑްއާއި ގުޅިގެން ފުލުހުންގެ ތެރޭގައި ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް

އަޕަރ ނޯތު ޕޮލިސް ޑިވިޜަނުގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޯވިޑް 19 އަށް ފައްސިވެ ބައެއް މުވައްޒަފުން ކަރަންޓީނު ކުރުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި ބަލިން އިތުރަށް ރައްކާތެރިވުމަށް ޑިވިޜަންގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންކަމަށާއި، އެގޮތުން ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކާއި އެހެނިހެން ތަންތަނުގައި އުޅޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުންދާކަމަށެވެ. އަދި ފުލުހުންގެ މަރުކަޒުތައް ޑިސް އިންފެކްޓް ކުރުމުގެ ކަންކަން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާނެކަމަށާއި އަދި ފުލުހުން ބޭނުންކުރަމުންދާ ކަނޑު އުޅަނދުތަކާއި އެއްގަމު އުޅަނދުތައްވެސް ގަވާއިދުން ޑިސް އިންފެކްޓް ކުރަމުންގެންދާނެ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ކަންތައްތަކެއް ހަމަޖައްސާފައިވާކަމަށާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތްތައް ކުރިއަށް ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ރަށުތެރެ ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ