ވެރިރަށް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު އާރޓިފިޝަލް ބީޗު ކުރިމަތީގައެވެ.
ފުލުހުން ފެށުމަށް ވިދާޅުވީ، މިއެއެކްސިޑެންޓް ހިނގާފައިވަނީ އެއްކޮޅަށް ދުއްވާފައިދިޔަ ސައިކަލަކާއި ވޭނެއް ޖެހިކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ދެމަފިރިއަކު ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މިއެކްސިޑެންޓްގެ ރިޕޯރޓް ލިބިފައިވަނީ އިރުއޮއްސި 06:08 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސައިކަލްގައި ހުރި ދެމީހުންނަށްވެސް އަނިޔާވެ، މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސައިކްލަގައި އިން އަންހެން މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެންގޮސް ވަރަށް ބޮޑެތި އަނިޔާވެފައިވާކަމަށް މަންޒަރު ދުށް ފަރާތަކުން މިނޫހަށް މަޢުލާމާތު ދީފައިވެއެވެ.
މަޢުލޫމާރު އެނގޭ ބައެއް ފަރާތްތަކުން ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ވޭންގެ ޑްރައިވަރަށް އޮޅިގެން ރޭސް ކޮއްލެވިގެން ބާރު ސްޕީޑުގައި ގޮސް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި ޖެހިގެންކަމަށެވެ. އަދި އަނިޔާވި އަންހެންމީހާ ނަގާފައިވަނީ ވޭންގެ ދަށުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ދަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.
އަދި ސައިކަލުގެ ފަހަތުގައި އިން އަންހެންމީހާގެ ހާލު ސީރިއަަސްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އެކްސިޑެންޓްވި ދެ އުޅަނދުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ ދެމީހުންކަމަށެވެ.



