އަފްގާނިސްތާނުގައި 2 ހެލިކޮޕްޓަރު ޖެހި 9 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގައި ދެ ހެލިކޮޕްޓަރުޖެހި ނުވަ މީހުން މަރުވެއްޖެއެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގައިފައިވަނީ ހަނގުރާމައިގައި ޒަހަމްވި ސިފައިން ގޮވައިގެން ދަތުރުކުރި ދެ ހެލިކޮޕްޓަރު ޖެހިގެންނެވެ. މިހާދިސާ ހިނގައިފައިވަނީ ހެލްމެންޑް ޕްރޮވިންސުގެ ދެކުނުގައެވެ.

މިހާތަނަށް ހޯދިހޯދުމުން މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކުންކަން ބެލެވިފައިވާއިރު މިހާދިސާގައި މަރުވި ނުވަ މީހުންނަކީވެސް މި ދެ ހެލިކޮޕްޓަރުން ދަތުރުކުރި މީހުންކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ އަފްގާނިސްތާން ސިފައިންނާއި ތޯލިބާން ހަނގުރާމަވެރިންނާއި ދެމެދު ވަރަށް ވަރުގަދައަށް މިފަހަކަށް އައިސް ހަނގުރާމަ ހިނގަމުންދާ ސަރަހައްދެކެވެ. އެމެރިކާގެ އަސްކަރިއްޔާއިންވެސް ވައިގެމަގުން މި ސަރަހައްދަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އދ ގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ހަނގުރާމަ ހިނގަމުންދާ ހެލްމެންޑް ޕްރޮވިންސުން 35،000 ވުރެ ގިނަ މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ