ރޭ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް: އައިޖީއެމްއެޗް

ވެރިރަށް މާލޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

ރޭ މިއެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު އާރޓިފިޝަލް ބީޗު ކުރިމަތީގައެވެ.

ފުލުހުން ފެށުމަށް ވިދާޅުވީ، މިއެއެކްސިޑެންޓް ހިނގާފައިވަނީ އެއްކޮޅަށް ދުއްވާފައިދިޔަ ސައިކަލަކާއި ވޭނެއް ޖެހިކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ދެމަފިރިއަކު ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، މިއެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާގެ ހާލު ސީރިއަށް ކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މަޢުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ވޭންގެ ޑްރައިވަރަށް އޮޅިގެން ރޭސް ކޮއްލެވިގެން ބާރު ސްޕީޑުގައި ގޮސް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި ޖެހިގެންކަމަށެވެ. އަދި އަނިޔާވި އަންހެންމީހާ ނަގާފައިވަނީ ވޭންގެ ދަށުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ