ސަމްސަންގް އިން އެޕަލްއަށް މަލާމަތްކޮށްފި!

އެޕަލް ކުންފުނިން މި މަހުގެ 14 ގައި އެ ކުންފުނީގެ ވާޗުއަލް “ހައި، ސްޕީޑް” އިވެންޓުގައި އެ ކުންފުނީގެ ފުރަތަމަ 5 ޖީ ފޯން، އައިފޯން 12 ވަނީ ނެރެފައެވެ. އަދި އައިފޯނު 12 އާއެކު ފޯނުގެ ޗާޖަރާއި ހެޑްސެޓް ނުލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެއާއެކު މިކަމަށް ޖޯކު ޖަހާ އެޕަލްގެ އެންމެ ވާދަވެރި ކުންފުނި ސަމްސަންއިން މިވަނީ އެޕަލް އަށް މަލާމަތްކޮށްފައެވެ.

އެޕަލް އިން ނެރެފައިވާ އެންމެ ފަހުގެ އައިފޯނާއެކު ލިބޭނީ ހަމައެކަނި ޗާޖަރު ވާގަނޑުކަމަށް އެޕަލްއިން ބޭއްވި އިވެންޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން ފޯނު ޗާޖުކުރާ އެޑެޕްޓަރު އައިފޯނު 12 އާއެކު ނުލިބޭއިރު، މިކަމާއި ގުޅުވައިގެން ސަމްސަންގްއިން އެ ކުންފުނީގެ ރަސްމީ ފޭސްބުކްގައި ސަމްސަންގް ބްރޭންޑްގެ އެޑެޕްޓަރގެ ފޮޓޯއަކާއެކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މީހުން ހޯދަމުން އަންނަ އެޑަޕްޓަރު ސަމްސަންގްއިން ލިބޭނެ ކަމަށެވެ.

އެޕަލްއިން ނެރެފައިވާ މި އައު އައިފޯނުގެ ޗާޖަރާއި ހެޑްސެޓް ނުހިމަނަން ނިއްމާ އެކަން އިއުލާންކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ވަނީ ރައްދުވެފައެވެ.

????????Your #Galaxy does give you what you are looking for. From the most basic as a charger, to the best camera, battery, performance, memory and even 120Hz screen ✌️ on a smartphone. ????????

Posted by Samsung on Tuesday, 13 October 2020

އެޕަލް އިން މީގެ ދެދުވަސްކުރިން ނެރުނު މި އާ އައިފޯނާއެކު އައިފޯނު 12 މިނީވެސްވަނީ ނެރެފައެވެ. އައިފޯން 12 ގައި ހިމެނޭ އެންމެހާ ސިފަތަކާއެކު ނެރުނު މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ އައިފޯން 12 އަށްވުރެ ކުޑަ ވުމެވެ.

އައިފޯން 12، ވިއްކުމަށް އެޕަލް ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން 12 މިނީ ވިއްކުމަށް ކަނޑައަޅައިފައިވާ އަގަކީ 699 އެކެވެ.

އެޕަލް އިންވަނީ މިރޭ އައިފޯނުގެ ހަތަރު ފޯނެއް ނެރެފައެވެ. މި ހަތަރު ފޯނަކީ، އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ، އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ