މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަންގު ޓީވީން ދެއްކި، "ރޯހާ ފުއްޓަރު" ނަމަކަށް ކިޔާ ޑްރާމާ ސީރީޒްގެ އެޕިސޯޑެއްގައި ފެނިގެންދަނީ އޭނާގެ ޖިންސީ ގުނަވަން ނޫންކަމަށް އެ ސީންއިން ފެނިގެންދާ އެކްޓްރެސް ނާޖިހާ ބުނެފިއެވެ.
ނާޖިހާ އެހެން ބުނެފައި މިވަނީ ސަންގު ޓީވީން ބްރޯޑްކާސްޓް ކުރި ޑްރާމާގެ މަންޒަރުތައް ދީނީ މިންގަނޑުތަކާ ޚިލާފުވާކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް، ބްރާޑްކާސްޓިންގ ކޮމިޝަނުން އެ ކޮންޓެންޓުގެ މައްސަލަވެސް ބަލަމުން ދަނިކޮށެވެ.
ނާޖިހާ ފޭސްބުކްގައި ބުނެފައިވަނީ، މައްސަލަ ބޮޑުވެފައިވާ ޑްރާމާގެ ސީންގައި އެ ފިލްމުގެ އެކްޓަރ ހިފަނީ އޭނާގެ ޖިންސީ ގުނަވަނުގައި ނޫން ކަމަށާއި، އެއީ އޭނާގެ ކޮނޑު ކަމަށެވެ.
"ތި އެންމެން ތިކިޔަނީ އަހަރެންގެ ޖިންސީ ގުނަވަނުގައޭ ހިފަނީ، އަހަރެންގެ ގައިމަތީގައޭ އެސޮރު އޮތީ، އެހެން އެއްޗެކޭ! އެކަމު ހަޤީޤަގުގައި އަހަރެންގެ ޖިންސީ ގުނަވަނަކު ނޫން ހިފަނީ، އެއީ އަހަރެންގެ ކޮނޑު!" ނާޖިހާ ފޭސްބުކްގައި ބުނެފައިވެއެވެ.
އެ މަންޒަރުން ސިފަވަނީ ޖިންސީ ގުނަވަނުގައި ހިފަނީކަމަށް ނަމަވެސް މައްސަލައެއް ނެތް ކަމަށްބުނެ، ނާޖިހާ ވަނީ އޭނާއަކީ ކޮނޑު ނެތް މީހެއްތޯ ސުވާލު އުފައްދާފައެވެ.
"އޯކޭ މައްސަލައެއް ނެތް ސިފަވަނީ އެތާނގަ ހިފާކަމަށް! އެހެންވިއްޔާ ކޮބާ އަހަރެންގެ ކޮނޑު؟ އަހަރެން ކޮނޑު ނެތް މީހެއްތަމީ؟ ނޫނީ އަތް ނެތް މީހެއްތަމީ؟" ނާޖިހާ ބުނެފައިވެއެވެ.

އެމަންޒަރުތައް ކުޅުނު ނާޖިހާ ބުނީ، އެ މަންޒަރުގެ ސަބަބުން ގިނަ ބަޔަކު އޭނާއާ ބުލީ ކުރަމުންދާ ކަމަށާއި، މަގުމައްޗަށް ނިކުތުމުން "މޯލްޑިވްސް ޕޯން ސްޓަރ" ގެ ނަމުން ގޮވާ ދިމާކުރާ ކަމަށެވެ.
"ކޮބާ ބުލީ ނުކުރަން ގޮވާ މީހުން؟ ކޮބާ އަހަރެންގެ ރައިޓްސް އެންޑް މަގޭ ހައްޤު؟ މަވެސް މީ އިންސާނެއް!" ނާޖިހާ ބުނެފައިވެއެވެ.
ނާޖިހާ އިތުރަށް ބުނެފައިވަނީ، އެ މަންޒަރުތަކުގެ ސަބަބުން ހުރިހާ ބަދުނާމެއް ލިބެމުންދަނީ އޭނާއަށް ކަމަށާއި، މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާއިރު، މިވަރު ވާން ނުޖެހޭ ކަމަށެވެ.
ސަންގު ޓީވީން ދެއްކި ޢާއްމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ މަންޒަރުތަކާ ގުޅިގެން ސަންގު ޓީވީއަށާއި، އެ ޑްރާމާ އުފެއްދި ޓީމަށްވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ހިޔާލު
އަހަންނަށް މައްސަލައަކީ ނާޖިހާއެއް ނޫން..ނާޖިހާ ލައްވާ މިކަން ކުރުވި މީހުން..ފުރަތަމަ އެމީހުންނަށް ފާޑުކިޔާ އޭގެ ފަހުގަ ނާޖިހާއަށް ފާޑުކިޔާ….
ކުޅުނު ކުއްޖާ ދޯ މިމައްސަލައަކަށްވީ…އޭނަ ލައްވާ ޑްރާމާ ކުޅުވި މީހުން ކޮބާ؟ތި ޑްރާމާ ގަވެސް ޕްރޮޑިއުސަރަކާ ޑައިރެކްޓަރެއް އުޅޭނެ ދޯ!!ބޯހަލާކު?
Masha dheraei thikahala film kulhunymaa miharu dhn kn 4k kiyeakha dhivehi flimstarun vex ulhey Hama kura goi balabiyea emeehun ge dharin hedhefuraha alhafa eyecheiwbalafa bunaneyy amaa mahanaeyy??
Kondu jinsee gunavan gothah sifavaagothah dhekkumakumaa ethanuga hifumakee hama jinsee gunavan dhekkumaa hifun fadha kamaeh. Ladhuves kuda baeh. Kondeh inee kaleyge ekanitha. Ehenmeehun konduga meehun nihifaneetha. Kaley konduge vaahaka meehun mivarah dhakkaanee kameh veemathaa. Ehen meehunge kondu aurayakaa vaththareh noon.
meehun dhimaa kuran feshee hama reethikoh, kameh nukoh huttaatha??..
dhen kon right ekey kiyaakah
kon kondu hulhekey, kon human rights ekey kiyaakah, evvatharu jessi iru hithakah naaratha narakah uthuri araa kameh … huh
mahjje oriyaan nufenuneema nimuneetha..2meehuh balnket dhasuga kiyevi aii gulhuva gulhuvaafa fai dhama dhamaa fa …adhi bunefiyeh nun oriyaameyy …mahjje oriiyaameh nooney mahsala akee thelhunu vahtharey
Balaaeh jinsee gunavan nunas kamana thanfukeh nivaavebalaa dw.. Gain thaneh nuvireyne eyrah vx
Thi hurihaa kmy nuvees dw ekahala manzaru nukulhun namaeh ulhyvey gotheh neyge meehun foshuneema fosheyvaahaka thikiyanee
މަންޖޭ އިންސާނުން އުޅެން ވަކިގޮތެއް ނުވަތަ ޢިޖުތިމާޢީ މިންގަނޑުތަކެއް އޮވޭނުން، ހިތުހުރިހާ ކަމެއްކޮށްފަ މީހުން ދިމާކުރަންފެށީމަ ކޮން ރައިޓެއް، އެތަނެއްގައި އޮންނަ އިޖުތިމާޢީ މިންގަނޑުތަކަށް ތަބާވުމަކީ ފަރުދީ ޒިންމާއެއްނުން، ރައިޓުގެ ވާހަކަ ދެއްކުމުގެ ކުރިން ޒިންމާ ނަގަންދަސްކުރޭ
Buraanchaa furathama kamakh aura nivaakobbala. Kn haggeh rights ey amaey bafaey kiyaakh tha
True
ކޮމެންޓް ކުރުން ބަންދު