އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފުލުހުން އެހީތެރިވެއްޖެ

މިއަދު ހިނގި އެކްސިޑެންޓަކާއި ގުޅިގެން އަނިޔާވި މީހަކަށް ފުލުހުން އެހީތެރިވެއްޖެއެވެ.

މާލޭގައި ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. އަދި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ މެދު އުމުރުގެ ފިރިހެނަކަށެވެ. އެކްސިޑެންޓު ވުމުގެ ސަބަބުން އޭނާގެ ފަޔަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިފައިވާއިރު އޭނާއަށް އެހީތެރިވެދީފައިވަނީ އެސްއޯ ފުލުހުންނެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އެކްސިޑެންޓްވި މިމީހާވަނީ ހޮސްޕިޓަލަށ ގެންގޮސްފައެވެ. އަދި މިއެކްސިޑެންޓްގައި އަނިޔާވި މިމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓު ހިނގާދިޔަ ގޮތް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އެކްސިޑެންޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ