އަނިޔާގެ ސަބަބުން ސަންޗޭޒްއަށް މިލާން ޑާބީ ނުކުޅެވިދާނެ!

އަނިޔާގެ ސަބަބުން ސަންޗޭޒްއަށް މިލާން ޑާބީ ނުކުޅެވިދާނެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

އިންޓަރމިލާންއަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒްއަށް އަނިޔާވެފައިވަނީ މިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ކޮލަމްބިއާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު ނިމުނ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އެމެޗުގައި ލަނޑެއްޖަހައި ފުރިހަމަވަގުތު ސަންޗޭޒް ހަމަކުރިނަމަވެސް، ފިޓްނަސް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް އުމުރުން 31 އަހަރުގެ ސަންޗޭޒް ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަރމިލާންއާއި ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި ލޯނުގެ މުއްދަތުހަމަވުމާއެކު ހިލޭ ޓްރާންސްފާގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޗޭޒްވަނީ މިއަހަރު ދާޢިމީކޮށް އިންޓަރމިލާންއާއި ގުޅިފައެވެ.  މިދިޔަ ސީޒަންގައި އިޓާލިއަން ސީރީއާގައި ކުޅުނު 22 މެޗުން އިންޓަރމިލާނަށް 4 ލަނޑު ކާމިޔާބުކޮށްދިން ސަންޗޭޒް މިސީޒަންގައި އިންޓަރމިލާންއަށް ތިންމެޗު ކުޅެދީފައިވާއިރު، ލަނޑެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. ނަމަވެސް ދެ އެސިސްޓް ހަދާފައިވެއެވެ.

ސެންސީރޯގައި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިލާން ޑާބީ ފަށާނީ ރޭގަނޑު 09:00 ގައެވެ. މިސީޒަންގެ އިޓާލިއަން ސެރީއާގައި ފުރަތަމަ ފަހަރަށް މިދެޓީމު ބައްދަލުކުރާއިރު، ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު އޭސީ މިލާން އިޓާލިއަން ސީރީއާގެ ތާވަލްގެ ދެވަނާގައި އޮތްއިރު، އިންޓަރމިލާން އޮތީ 7 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ