މާލެ ސިޓީގެ ބިންތަކާއި މާރުކޭޓުތަކުގެ ކުލި ކައުންސިލަށް ދައްކަންޖެހޭ ގޮތް ހަދަނީ

މާލޭ ސިޓީއަށް ނިސްބަތްވާ ރަށްތަކުގެ މާރުކޭޓްތަކާއި، ހުސް ބިންތަކުގެ ކުލި މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެެވެ.

ޕީއެސްއެމް އިން ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދަޅުވީ މާލެ ސިޓީގެ ރަށްރަށުގެ އެކި ތަންތަނުގެ ކުލި މިހާރުވެސް ސިޓީ ކައުންސިލަށް ދައްކަމުންދާ ކަމަށާއި، ނަމަވެސް ބައެއް ތަންތަނުގެ ކުލި މީރާ އަށް ދައްކަމުން އަންނަކަމަށެވެ. ޝިފާ ވިދާޅުވީ މީރާ އަށް ކުލި ދެއްކުމުގެ ބަދަލުގައި ހުރިހާ ކުއްޔެއްވެސް މާލެ ސިޓީ ކައުންސިލަށް ދެއްކެނެ ގޮތް ހެދުމަށް މީރާއާއި މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

ހުޅުމާލެ އާއި ވިލިމާލެ އަދި މާލެ ހިމެނޭ ގޮތަށް އެރަށްރަށުގަށުގައި ކުއްޔަށް ދޫކުރާ ބިންތަކާއި މާރުކޭޓް ތަކުގެ ކުލި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މާލެ ސީޓި ކައުންސިލަށް ދެއްކޭނެ ގޮތް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.

މާލެ ސިޓީގެ ގިނަ ބިންތަކެއް ވަނީ ކުއްޔަށް ދޫކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ