ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 39 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 39,683,239 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 29,711,010 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,110,537 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 8,291,779 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 5,396,689 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 223,695 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 2,671,395 ކޭސް އެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 71,687 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
އިއްޔެ ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާ އިންނެވެ. އެގޮތުން އިއްޔެ އިންޑިއާއިން ވަނީ 65,126 މީހުން ޕޮޒިޓިވް ވެފައެވެ. އިންޑިޔާގައި މިހާތަނަށް ޖުމްލަ 7,442,823 މީހުން ޕޮޒިޓިވްވެފައިވާއިރު، އެޤައުމުން މިބަލީގައި 113,165 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮއްފައެވެ. އަދި އެގައުމުން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓް ކޮއްފައިވަނީ 6,533,867 މީހުންނެވެ.




