ލަވަ އާއި މިއުޒިކް އަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، އޭގެ ފަހުން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މާތްﷲ އިންސާނުންގެ ހިސާބު ބައްލަވަނީ އެ މީހެއްގެ ނިޔަތުގެ މައްޗައްކަން ދީނުގައި ޙިލާފެއް ނެތި ދަންނަ ބޭކަލުން އެއްބަސްވާ ކަމަށާއި، ކިޔާ ލަވައެއް، ދައްކާ ވާހަކަ އެއް ނުވަތަ އަޑުއަހާ އެއްޗެއް އަޑު އަހަނީ ކޮން ނިޔަތެއްގައިތޯ ބެލުންވެސް މުހިއްމު ކަމަށެވެ.
ލަވަޔާ މިޔުޒިކަކީ ކަނޑައެޅިގެން ޙަރާން އެއްޗެއް ކަމަކަށް ނުބުނެވޭނެ!
— ???????????????????? ???????????????????? - ???????? (@AlhanFahmy) October 16, 2020
"ފާޙިޝް ހަޑި މުޑުދާރު ބަހުރުވައިން ހުންނަ ލަވަޔާ އެކީ ކުޅޭ މިޔުޒިކާ، ބަރަހަނާވެ ވަނާތައް ތަޅުވާ ނަށާ މަސްތުވެގެން ހިންގާ ޕާޓީތަކަކީ ހުއްދަ އެއްޗެއް ނޫން! އެކަމަކާ ޚިލާފެއް ނެތް! އެހެނަސް ޤައުމީ ލަވަޔާ، އިލްމީ ލަވަޔާ، ރަސޫލާ ޞޢވ އަށް ކިޔާ މަދަހަ ފަދަ ލަވަ ކިޔޭނެ! ހަރާމެއް ނުވާނެ!" އަލްހާންގެ ޓްވީޓްގައި ބުނެފައިވެއެވެ.
އަލްހާން މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާއިރު، މީގެ ދެ ހަފްތާ އެއްވަރު ކުރިން އަލްހާން ވަނީ ރާއްޖޭގައި ސިއްހީ ބޭނުންތަކަށް މަރުވާނާ (މަރިޖުވާނާ ނުވަތަ ވީޑް) ހުއްދަ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.





2 Responses
މި ގަމާރު ކަލޭގެ އިޒްރޭލަށް ފޮނުވާލާ
Allah akbar