ތި ކިޔާ ފަރިއްސަށް ދިވެހިން ހޭނިއްޖެ! އެހެން ފަރިއްސެއް ކިޔުން ބުއްދިވެރި: އާޒިމް

ތިޔަ ކިޔާ ފަރިއްސަށް ދިވެހިން މިހާރު ހޭނި ފޫހިވެއްޖެ ކަމަށާއި އެހެން ފަރިއްސެއް ކިޔުން ބުއްދިވެރިވާނެ ކަމަށް ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރެމުން އަންނަ ހަބަރު ސިޓީގެ 8 ވަނަ އަދަދުގައި އަލީ އާޒިމް ލިޔުއްވާފައިވަނީ މިއަދުގެ ސަރުކާރާ އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދޭތެރެއަކުން ނިއުސް ކޮންފަރެންސެއް ބާއްވާ އަޑަށް ބާރުލާފައި "އިންޑިއާ އައުޓް" އޭ ބުނާއަޑު އިވޭ ކަމަށެވެ. ނަމަވެސް އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށާއި ދިވެހި ސަރުކާރަށް ފަހި ސިޔާސަތުތަކެއް ގެންގުޅެމުންދާ އަވައްޓެރި ގައުމެއް ކަމަށާއި ދިވެހިންނަށް ބޮޑު ކަމެއް ދިވާމާ ކޮންމެ ފަހަރަކު އެހީތެރިކަން ފޯރުކޮށްދޭން އިންޑިޔާ އޮންނަނީ އަބަދުވެސް ތަައްޔާރަށް ކަމަށް ވިދާޅުވިއެވެ.

"އިންޑިއާ އާއި ރާއްޖެއާ ދެމެދު ޤާއިމްވެފައިވާ ގުޅުން ހީނަރުވެގެން ދިޔައީ މިއަދު އިންޑިއާ ޢައުޓް ކުރަން ގޮވާ ޕަރާތްތަކުން ސަރުކާރާ ޙަވާލުވެ ތިބިއިރު ވަކި ގައުމަކަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެއްކޮށް ބަރޯސާކޮށް ގޮނޑިކޮށްކޮ އަކަށްވީ ހިސާބުންނެވެ.މުޅި ރާއްޖެ ޢުގައުމަށް އަޅުދާސްތުވީ ހިސާބުންނެވެ. އިންތިހާއަށް ބޮޑެތި އިންޓަރެސްޓްގައި ތަރައްގީގެ މަޝްރޫޢުތަކަށް ލޯނު ނަގަންފެށި ހިސާބުންނެވެ. ވިސްނުމެއް، ބެލުމެއް މަޝްވަރާކުރުމެއް ނެތި ސް ދޮޅުހާސް ގަނޑުގެ ފްރީޓްރޭޑް އެގްރީމަންޓް އެކުލަވާލި ހިސާބުންނެވެ. ހޮޅުއަށިތަކުގައި ދައްކާ ވާހަކަތަކުން އަޑުއިވޭގޮތުގައި މިދެންނެވި ބޮޑެތި ލޯނުތައް ނަގާފައިވަނީ ސުވަރީން ކުރަން ގޮވާ ފާރާތްތަކުން ސަރުކާރާ ހަވާލުވެ ތިބިއިރު ވަކި ގައުމަކަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެއްކޮށް އެ ގައުމުގެ ގޮނޑިކޮއްކޮ އަކަށްވީ ހިސާބުންނެވެ. މުޅި ރާއްޖެ އެގައުމަށް އަޅުދާސްތުވީ ހިސާބުންނެވެ. އިންތިހާއަށް ބޮޑެތި އިންޓަރެސްޓްގައި ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަންފެށި ހިސާބުންނެވެ. ވިސްނުމެއް، ބެލުމެއް ލަޝްވަރާކުރަލެއް ހާސް ދޮޅުހާސް ގަނޑުގެ ފްރީޓްރޭޑް އެގްރީމަންޓް އެކުލަވާލި ހިސާބުންނެވެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިއަދުގެ ސަރުކާރުން އިންޑިޔާއާއި ގުޅުން ބަދަހިކޮށް އަދި އިންޑިޔާއިން ކިތަންމެ އެހީތެރިކަމެއް ރާއްޖެއަށް ފޯރުކޮށްދިން ކަމުގައިވިޔަސް އިންޑިއާ އައުޓް ކުރަންގޮވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތަށް އިންޑިޔާއަކުން ރާއްޖެއަށް އަތްގަދަކުރާކަށް ނޫޅޭ ކަމަށާއި އުޅެންވީ ސަބަބެއްވެސް ނެތް ކަމަށެވެ.

"މިލިޓަރީ ބޭސްހަދާކަށް ވެސް ނޫޅެއެވެ. ރާއްޖެ ހިފާކަށްވެސް ނުމެއުޅެއެވެ. އިންޑިޔާއިން މި ރާއްޖޭގެ (އަޅުގަޑުމެންގެ) ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް ބަލާނޭކަން ކަށަވަރެވެ. ވަކިން ޚާއްސަކޮށް މިހާރުއެވެ. އަޅުގަޑުމެންގެ ގަދަފަދަ ގުޅުމުގެ ސަބަބުންނެވެ. އެގުޅުމުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ." އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަށް ނަޒަރު ހިންގާލާއިރު ފެންނަނީ ވަރަށް ހަރުދަނާ، ހިކުމަތްތެރި ޚާރިޖީ ސިޔާސަތުތަކެއް ކަމަށާއި ރާއްޖެއިން އިންޑިޔާއާ ވަރަށް ގާތްކަމަށާއި  ހަމަމިގޮތަށް ޗައިނާއާވެސް ރައްޓެހި ކަމަށް އާޒިމް ވިދާޅުވިއެވެ

"ސަޢޫދީ ޢަރަބިޔާއާއި މެދުއިރުމަތީގެ ގައުމުތަކާ ވެސް ރަޙްމަތްތެރިއެވެ. ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާވެސް ގުޅުން ބަދައްސެވެ. ކުރުކޮށް ބުނާނަމަ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަގްވާލީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވަރު ރަނގަޅުވެ ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގްވާލީ ޖަމުއިއްޔާތަކުން ރާއްޖެ ބަލައިގެންފިއެވެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އަމިއްލަ ޕާޓިގެ މެންބަރުންވެސް ގުނބޯހެއްދުމަށްފަހު އިންޑިއާ އައުޓް ގޮވަން ކުރީސަފުގައި އެތުރިފައި ތިބި މީހުންނަށް ވިސްނާއިރު މީގެތެރެއިން ގިނަ މީހުންގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް މިހާރުދަނީ ބަލަމުން ކަމަށެވެ. އަދުރޭ، ސައީދު، ގައްސާން، މުންދު، ޝިޔާމް، ނިހާން، ރިޔާޒު ރަޝީދު އަދި ޢަލީ ޢާރިފް މެންފަދަ މީހުންނާ ގުޅޭ ތަހުގީގުތައް ކަމާގުޅޭ އިދާރާތަކުގައި ދަނީކުރިޔަށް ކަމަށާއި މިކަމުން ސަލާމަތްވާން ވެގެން ގައުމު ހަލަބޮލިކޮށް، އެކުވެރި ގައުމުތަކާ ރާއްޖެއާ ޖައްސާ ވެރިކަމުގެ މިސްރާބް ބަދަލުކޮށްލެވޭތޯ މަރުފަލި ޖަހަނީ ކަމަށް ވިދާޅުވިއެވެ. އަދި ލިއުޅެނީ އިންޑިއާ އައުޓް ނުވެގެނެއް ނޫން ކަމަށާއި މިއުޅެނީ ކުއްސާބިތުވެ، ޖަލުތޭރި ތަކުގެ ތެރެއަށް އިން ވެދާނެތީ އެކާމާ ގަންނަ ބިރުން ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ތިޔަ ކިޔާ ފަރިއްސަށް ދިވެހިން މިހާރު ހޭނި ފޫހިވެއްޖެ ކަމަށާއި އެހެން ފަރިއްސެއް ކިޔުން ބުއްރުވެރިވާނެ ކަމަށެވެ. ޢަލިއްލަ އެދުން އެއްކިބާ ކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ސަރުކާރުން ގޯސް ކަމެއް ކުރާނަމަ އެކަން ފާހަގަ ކުރަން މަސައްކަތް ކުރުމަށް އާޒިމް ގޮވާލެއްވިއެވެ. އޭރުން ރައްޔިތުން ބަލައިގަންނަލެއް ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ