މާލޭ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކުރަން ހުޅުވާލައިފި

މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ހަދަން ބޭނުންވާތީވެ، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައއިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 އޮކްޓޫބަރު 19 ން 2020 އޮކްޓޫބަރު 21 ގެ ނިޔަލަށް ހުޅުވާލެވިިފައިވާކަމަށާއި، އަދި މިލިންކް މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށްވެސް އެއެސޯސިއޭޝަނުން ބުންޏެވެ.

އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020  އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރުމަށާއި، ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނީ 2020 އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިންގ ޓްރެކްގައިކަމަށްވެސް ބުންޏެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 (ވިހިހާސް) ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައިސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޗަކޮއި ކައިޒީން

    މާލޭ ސުވިމިންގް ޓްރެކް ސަރަހައްދުގަ ވަކިބަޔަކަށް ލާރިގަނޑެއްދޭންވެގެން ޑައިވިންގް ޕުލެޓްފޯމެއްހަދަން ޙުޅުވާލައިފި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ