ށ. ފޯކައިދޫގައި ދެ ބިދޭސީން މިއަދު މާރާމާރީ ހިނގައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓް ރޭ 7:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މި މާރާމާރީގައި އެކަކު ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވާ ކަމަށެވެ.
"ދެ ބިދޭސީން ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވާ މައްސަލައެއް 2020 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 19:10 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅައިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން 43 އަހަރުގެ ބަންގުލަދޭޝް ފިރެހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




