ބަދިގެތެރޭން - ޗީޒް ކޭކް

ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗީޒް ކޭކް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

  • 90 ގ. ބަޓަރު
  • 4/3  ޖޯޑު ކާސްޓަރ ޝުގަރ
  • 1  ލުނބޯގެތޮށި (ގާނާފައި)
  • 1  ލުނބޯގެހުތް
  • 300 ގ. ކޯޓެޑް ޗީޒް
  • 2  މޭޒުމަތީ ސަމުސާ ސެމޯލިނާ
  • 1/2  ޖޯޑު އާމަންޑްސް
  • 1/3  ޖޯޑު ހިކިމޭބިސްކަދުރު
  • 2  ބިސް

ތައްޔާރުކުރާނެގޮތް

ބަޓަރު އޮމާންވަންދެން ގިރާލާފައި ހަކުރާއި ލުނބޯތޮށިވެސް ބަޓަރާއި ރަނގަޅަށް މިކްސްކޮށް ލާށެވެ. ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްފައި މިކްސްކޮށްލާށެވެ. ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައިތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާލާފައި ފުށްގަނޑު ޓްރޭ އަށް އަޅާފައި އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ އައިސިން ހަކުރު ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.

މިހާރު މިވަނީ ޗީޒް ކޭކް ތައްޔާރުކޮށް ނިމިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް