ވަގަށް ނެގި އަތް ހިއްކާ މެޝިންތައް އަނބުރާ އޭޑީކޭއަށް ގެނެސްދީފި

އޭޑީކޭ އިން ވަގަށް ނެގި އަތް ހިއްކާ މެޝިންތައް އަނބުރާ ގެނެސްދީފިއެވެ.

އޭއޭޑީކޭ ހޮސްޕިޓަލުގެ އެކި ފާހާނަތަކުގައި ހަރުކޮށްފައި ހުރި މިމެޝިންތައް ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ ފެންނަ ސީސީޓީވީ ފުޓެޖް ވެސް އޭޑީކޭއިން އާންމުކޮށްފައެވެ. އަދި އެއީ ވަރަށް ފަހުން އެހޮސްޕިޓަލުގައި ހަރުކުރެވުނު މެޝިންތަކެއްކަމަށް އޭޑީކޭއިން ބުނިއިރު، އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާސްކެއް އަޅައިގެން، ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހޮސްޕިޓަލަށް ވަންނަ ފިރިހެނެކެވެ. އަދި އޭނާ ފިރިހެނުންގެ ފާހާނައިގެ އިތުރުން އަންހެނުންގެ ފާހާނާއަށް ވެސް ވަދެ ނުކުންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

އޭޑީކޭއިން މި ވީޑިއޯ އާންމުކޮށްފައިވަނީ މީގެ 4 ދުވަސް ކުރިންނެވެ.

ނަމަވެސް މިމެޝިންތައް އަނބުރާ އެހޮސްޕިޓަލަށް ގެނެސްފައިވާކަމަށް އޭޑީކޭއިން މިއަދުވަނީ ބުނެފައެވެ. ޓްވިޓާރ މެދުވެރިކޮށް އެޑީކޭއިން ބުނީ ވަގަށް ނެގި އަތް ހިއްކާ މެޝިންތައް މިއަދު ހޮސްޕިޓަލަށް އަނބުރާ ގެނެސްފައިވާ ކަމަށާއި، އެ މެެޝިންތައް ފެނިފައި ވަނީ ކުނި އުކާ ސަަރަހައްދުންގައި ހުއްޓާކަމަށެވެ.

އަދި މިމެޝިންތަކަށް ކުދިކުދި ގެއްލުންތައް ލިބިފައިހުރިނަމަވެސް، މެޝިންތައް ބޭނުންކުރެވޭކަމަށްވެސް އޭޑީކޭއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ