މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ދ. ކުޑަހުވަދޫ އޮފީސް ފަޅާލާއި ގިނަ ތިޖޫރި ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކުރީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ. ވަގަށް ނެގި ތިޖޫރީގައި ހުރީ 1500 ރުފިޔާ އާއި، 100 އެމެރިކާ ޑޮލަރާއި، އެކި ސައިޒުގެ 4682 ރެވެނިއު ސްޓޭމްޕް، 50 އަހަރީ ފީ ސްޓިކާ އަދި 62393 ރުފިޔާގެ ހަތަރު ޗެކެ ކަމަށެވެ.
މިމައްސަލަ މިހާރު އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިމައްސަލައިގައި އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މިދުވަސްވަރަކީ އަނެއްކައިވެސް ވައްކަމުގެ މައްސަލަތައް ރާއްޖޭގެ އެކިހިސާބު ތަކުގައި އިތުރުވެފައިވާ ދުވަސްވަރެކެވެ.



